Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކާޖޮލްގެ ކްރަޝް އަކީ އަޖޭ

އެކްޓަރު އަކްޝޭ ކުމާރަކީ ކާޖޮލްގެ ވަރަށް ބޮޑު ކްރަޝްއެއް ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.

އޭނަ މި ވާހަކަ ތިލަކުރީ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އަންނަ ކަލާޒްގެ "ޖަލަކް ދިކްލާޖާ" ގައި ކާޖޮލް މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ކުރިއަށް ގެންދިޔަ އެޕިސޯޑްގެ ތެރޭގަ އެވެ. މިރޭ ދައްކަން ހަމަޖެހިފައިވާ މި އެޕިސޯޑްގައި ކާޖޮލް ބައިވެރިވީ އަންނަ މަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ސަލާމް ވެންކީ" ގެ ޕްރޮމޯޝަނަށެވެ.

އެގޮތުން ޝޯގެ ތެރޭގައި ކަރަން އާއި ކާޖޮލް ބައިވެރިކޮށްގެން އެކަކު އަނެކަކު އެނގޭވަރު ބަލާލަން ޝޯގެ ހޯސްޓް، މަނީޝް ޕޯލް ކުރިއަށް ގެންދިޔަ ގޭމްގައި ކަރަން ބުނީ އަކްޝޭ އަކީ ކާޖޮލްގެ އެންމެ ބޮޑު ކްރަަޝް ކަމަށެވެ. އެ ދެ ތަރިން އެކީގައި 1994 ގެ "ޔޭ ދިއްލަގީ" ވެސް ކުޅެފައިވެ އެވެ.

އަކްޝޭ އަކީ ބޮޑު ކްރަޝްއަކަށް ވިޔަސް ކާޖޮލް ކައިވެނިކުރީ އެކްޓަރު އަޖޭ ދޭވްގަންއާ އެވެ. އެއީ 1999 ގަ އެވެ. އަދި އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެއް ދުވަސްވަރެއްގައި ބޮލީވުޑަށް ނުކުމެ، އަދި އެކީގައި ފިލްމުތަކެއް ވެސް ކުޅުނު އެ އަޖޭ އާއި އަކްޝޭ އަކީ ވަރަށް ގާތް ދެ އެކުވެރިން ވެސް މެ އެވެ.

އަކްޝޭގެ އަންހެނުންނަކީ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2001 ގަ އެވެ. އަދި ދެ ދަރިން ލިބިފައިވެ އެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ފިލްމު "ސަލާމް ވެންކީ" ގެ ޕްރޮމޯޝަނަށް ކާޖޮލް "ޖަލަކް ދިކްލާޖާ" ގައި ބައިވެރިވި އިރު، އިއްޔެ ރިލީޒްކުރި "ދުރިޝަމް 2" ގެ ޕްރޮމޯޝަނަށް އަޖޭ އާއި ތައްބޫ ވެސް މިދިޔަ ހަފުތާގައި އެ ޝޯގައި މެހުމާނުންގެ ގޮތުގައި ބައިވެރިވި އެވެ. އެ އެޕިސޯޑްގައި އަޖޭ ބުނެފައިވާ ގޮތުއި ތައްބޫގެ ކްރަޝް އަކި އޭނަ އެވެ.