Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

13 ކިލޯގެ ޑްރަގް: ހަ މީހަކު ހައްޔަރުކޮށް، ބަންދަށް

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ރޭ އަތުލައިތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ފިރިހެނުންނެވެ.

އެ މީހުންގެ އަތުން 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ ފުލުހުން އަތުލައިތެވެ. އެ އެއްޗެހި އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ބަލައި ފާސްކުރުމަށް ފަހު އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.