ފިލްމު ކުޅޭ މީހުންނަށް ދެވޭ ކްރެޑިޓް މާ ބޮޑު ކަމަށާއި ހައްގު ނުވާ މިންވަރަށް ކްރެޑިޓް ދެވޭ ކަމަށް ގަބޫލު ވެސް ކުރެވޭ ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަސައްކަތްކުރާ 40 އަހަރުގެ ބަތަލާ ދިން އިންޓަވިއުއެއްގައި ބުނީ ހަގީގަތުގައި ފިލްމު ކުޅޭ މީހުން ނުވަތަ ފިލްމީ ތަރިންނަކީ އެހާ ހާއްސަ ބައެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފިލްމީ މަސައްކަތުގެ ތެރެއިން ފިލްމު ކުޅޭ މީހުންނަށް ވުރެ މުހިއްމު ބޮޑެތ ިމަސައްކަތްތައް ކުރަނީ ކެމެރާގެ ފަހަތުގައި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މީހުން ކަމަށް ބުންޏެވެ.
"އަހަރެމެން ސްކްރީނުގައި މި ތަމްސީލުކޮށް ދެނީ އެހެން މީހަކު ލިޔެފައި އޮންނަ ސްކްރިޕްޓަތަކެއްގެ ކެރެކްޓާތަކެއް. އެ މަސައްކަތް އަހަރެމެން ލައްވައި ކުރުވުމުގައި އެންމެ އިސް ރޯލެއް ކުރަނީ ޑައިރެކްޓަރުން." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔަންކާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ފިލްމުތަކުން ފެންނަ ކޮސްޓިއުމާއި މޭކަޕާއި ނެށުންތަކާއި ލަވަތަކާއި މިއީ ހުސް އެހެން މީހުންގެ މަސައްކަތްތަކެވެ.
"އަރެމެން ބޭނުން ކުރަނީ އެހެން ބަޔަކު ތައްޔާރުކޮށް ދޭ ކޮސްޓިއުމް. މީހާ މޭކަޕްކޮށް، އިސްތަށިގަނޑު ގޮތްގޮތަށް ހަދައި ދެނީ އެހެން ބައެއް. އަހަރެމެން ނަަށަނީ އެހެން މީހަކު އެކަން ކުރާނެ ގޮތް ބުނެދިނީމަ. އަހަރެމެން ތުންފަތް ތަޅުވަނީ އެހެން ބަޔަކު ކިޔާައިވާ ލަވަތަކަށް. މިހެން ގޮސް އެތައް ކަމެއްގެ ކްރެޓިޑް ހަގީގަތުގައި އެކްޓަރުންނަކަށް ހައްގެއް ނުވޭ. ބައެއް ފަހަރު ހިތަށް އަރާ އަހަރެމެން އެކްޓަރުން ކީއްބާއޭ ކުރަނީ؟" ނެޝަނަލް އެވޯޑް ވެސް ހޯދާގައިވާ ޕްރިޔަންކާ ބުންޏެޗެ. "އެހެންވެ ހަގީގަތުގައި އެކްޓަރުން ނުވަތަ ސްކްރީނުން ފެންނަ މީހުންނަކީ އެއްވެސް ބައެއް ނޫން. ފިލްމު އެއްޗަކަށްވުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގު ވަނީ ކެމެރާގެ ފަހަތުގައި މަސައްކަތްކުރާ އެކި މީސްމީހުންނަށް."
އޭނަ ބުނި ގޮތުގައި ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް އެންމެ ނަން މަޝްހޫރު މީސްމީހުންނާ އެކީ މަަސއްކަތްކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ. އެކަމަކު އެއީ ފިލްމު ކުޅޭ މީހުންގެ އަގު މާ މަތިވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ބުންޏެވެ. ޕްރިޔަންކާ ސިފަކުރި ގޮތުގައި ފިލްމު ކުޅޭ މީހުންގެ ވަޒީފާ އަކީ ޑައިރެކްޓަރަށް "ޝޮޓް" ދީފައި "ކަޓް" އޭ ބުނުމުން މަސައްކަތް ނިންމައިލުމެވެ.