Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ކުދިންނަކީ އަނިޔާއިން ރައްކާތެރި ބަޔަކަށް ހަދަން ޖެހޭ

ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަކީ އަނިޔާއިން ރައްކާތެރިވެފައިވާ ބައެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޖުތަމައުގެ ކަންކަމުގައި ހަމަހަމަކަމާއެކު ކުޑަކުދިން ބައިވެރިކުރެވޭކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާއާއި ގެއްލުމުން ރައްކާތެރިކުރެވިފައިވާ ބައެއްކަން ޔަޤީންކުރަންޖެހޭކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 20 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.