Last Updated: July 17, 17:40
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕްގެ ހައިލައިޓްސް ސައިން ލޭންގްއޭޖުން

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ހައިލައިޓްސް ފުރަތަމަ ފަހަރަށް ސައިން ލޭންގްއޭޖުން ގެނެސްދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ފީފާ އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި އަލަށް ތައާރަފުކުރާ މި ހިދުމަތާ އެކީ ވޯލްޑަ ކަޕަށް ލޯބިކުރާ ބީރު މީހުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދާނެ އެވެ. އެގޮތުން މުބާރާތުގައި ކުޅޭ ޖުމްލަ 64 މެޗްގެ ހައިލައިޓްސް ސައިން ލެންގްއޭޖް ނުވަތަ އިޝާރާތުގެ ބަހުރުވައި ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

ފީފާ އިން ބުނި ގޮތުގައި ސައިން ލޭންގްއޭޖުން ހައިލައިޓްސް ބަލަން ބޭނުންވާ މީހުންނަށް ފީފާ ޕަލްސް އެޕުން ވަރަށް ފަސޭހަކަމާ އެކީ އެ ބަލައިލެވޭނެ އެވެ.

މުބާރާތް ކުރިއަށް ދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 18 އަށެވެ.