Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި

ދިވެހިރާއްޖޭގަެ ހައިކޯޓު --

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެެރިވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 36000.00 ރުފިޔާއެވެ. އަދި ފަނޑިޔާރުންނަށް ލިވިންގ އެލަވަންސްގެ ގޮތުގައި 15000.00 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3300.00 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްގެ އިތުރުން ފޯނު އެލަވަންސް ލިބޭނެއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ އިސްފަނޑިޔާރުގެ ގޮތުގައި ހުންނެވި އަލްއުސްތާޒް ހާތިފް ހިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމުންނެވެ.