Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ހަމަލާ ދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން: ޝިމާޒް

އޭނާއަށް ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ތުހުމަތު ކޮށްފިއެވެ.

ޝިމާޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ 18 ނޮވެމްބަރ 2022 ވީ ހުކުރު ދުވަހުގެ ރޭ އޭނާއަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ.

މިކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާކަން ފާހަގަކޮށް ޝިމާޒް ބުނެފައިވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވީހާވެސް އަވަހަކަށް ބަލާ މިކަން ކުރި ފަރާތްތަކާއި، މި ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށެވެ.

ޝިމާޒަށް ހަމަލާދިނުމުން އެކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް ކުރެވުނެވެ. އެހެންނަމަވެސް އެކަން ޖޭޕީން ވަނީ ދޮގު ކޮށްފައެވެ.