މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް އިސްލާހު ހުށަހަޅަން ތިން ދުވަހުގެ މުހުލަތެއް ދީފި އެވެ.
މަޖިލީހުގެ އިދާރާ އި މެމްބަރުންނަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބަޖެޓެއް އިސްލާހެއް ހުށަހަޅަން އޮތް ނަމަ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ އިސްލާހެއް ފޮނުވަން އެދިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ފަހުން ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމެޓީން އެ ފާސްކޮށްފަ އެވެ.
ބަޖެޓް ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 7 މިނެޓް ދޜން ހަމަޖެހިފައިވާއިރު ބަޖެޓް ފާސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.