ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ކްރޫޒްލައިނަރ އެއް އަތުވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޔޮޓް އޭޖެންޓްސް (މާޔާ)، އިން ބުނި ގޮތުގައި މި ކްރޫޒްލައިނަރ ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހު ފަތިހު 5:30 އެހަކަށް ހާއިރު ކަމަށެވެ. އަދި އިތުރު ކްރޫޒް ލައިނަރތައްވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މާޔާ އިން ބުނެއެވެ.
މަލްޓާއަށް ނިސްބަތްވާ "ޔޫރޮޕާ 2" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވަނީ 400 ފަތުރުވެރިންނާއެކުއެވެ. މި ކްރޫޒްލައިނަރ ރާއްޖެއައީ ސީޝެލްސްއިން ފުރައިގެންނެވެ. އަދި ފުރަތަމަ ދަތުރު ކުރަނީ ޅޮހި ފުއްޓަށް ކަމަށް މައުލޫމާތު ލިބެއެވެ.
Since #Maldives borders opened after lockdown, the first Cruise Liner has reached Male' on 20Nov22 at 05:30 AM. More CL's to arrive, great work with priceless effort by all our members and thank you all @MoTmv @ImmigrationMV @CustomsMv @HPA_MV @MNDF_Official @MoTCAmv @Portmv pic.twitter.com/i8KCDljg7i
— mayamaldives (@mayamaldives) November 20, 2022
ކޯވިޑަށް ރާއްޖޭގެ ބޯޑަރު ބަނދުރ ކުރުމާއި ގުޅިގެން ވައިގެ މަގުން އަދި ކަނޑުގެ މަގުންވެސް ފަތުރުވެރިކަން ހުއްޓިގެން ދިޔައެވެ. މިއާއެކު ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިން އައުން މަދުކޮށް އޮތުމަށް ފަހު މިހާރު ހާލަތު ކޯވިޑު ކުރީގެ ހާލަތައް އިޔާދަވަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މިއާއެކު މިނިސްޓްރީގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައުމެވެ. މިއަހަރު މިހާތަނަށް 1.4 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.