Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ވޯލްޑް ކަޕާ ގުޅުވައި ސްކޭމްތަކެއް ހިންގައިފާނެ، ސަމާލުވޭ!

ރޭ ގަތަރުގައި ފެށި ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާ އިރު، މި މުބާރާތާ ގުޅުވައިގެން އޮޅުވާލައިގެން ފައިސާ ހޯދަން ސްކޭމްތަކެއް ހިންގައިފާނެތީ އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ވޯލްޑް ކަޕްގެ ނަތީޖާ ދިމާކުރުމަށް ކަމަށް ބުނެ ސްކޭމް ލިންކްތަކެއް ދައުރުކޮށްފާނެ ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވާން އެދޭ ކަމަށް ބުންޏެވެ. ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަކުރެވޭ ނަމަ ހޮޓްލައިން ނަމްބަރު 119 އާއި 332111 އަށް ގުޅައި ހިއްސާކުރަން ވެސް އެދިފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދަން އެކި ގޮތްގޮތަށް ސްކޭމްތައް ހިންގުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެހެންވެ ފުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ވެސް އެފަދަ ކަންކަމަށް ފާރަވެރިވުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުން ދެ އެވެ.