މި ސަރުކާރުގެ ދުވެލި ވަރަށް ބާރު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރު ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މުޅި މާޒީގައި ވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މި ސަރުކާރުން ފޯރީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދައުރުގެ ފަހު ދުވަސްތަކުގެ ރޭސް ވެސް ކާމިޔާބާކަމާ އެކީ ނިންމާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
2018-2023 ރޭހުގެފަހު ފަސްވަނަ ލެޕު (ފަހުލެޕު) ފެށުނީ!
ދިވެހިރާއްޖޭގެ މުޅި މާޒީގައިވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މިސަރުކާރުން ފޯރީގަ ފަހުލެޕު ދުއްވާ ކާމިޔާބާއެކު ރޭސް ނިންމާނެކަމަށް ބެލެވެ!
މޮޅަށްކުޅެންޏާ ސާބަސްދިނުމަކީ ތަހުޒީބު މުޖުތަމުއުގަ ވާދަވެރިންވެސް ކަންކުރާގޮތް!— Abdulla Mausoom (@Mausoom_Maus) November 19, 2022
މައުސޫމް ވިދާޅުވި ގޮތުގައި 2018 ގައި ވެރިކަމަށް ވަޑައިގަތް ރައީސްގެ ސޯލިހުގެ ދައުރުގެ ފަހު ލެޕް މިހާރު ފެށުނީ ކަމަށެވެ.
"މޮޅަށް ކުޅެންޏާ ސާބަސް ދިނުމަކީ ތަހުޒީބު މުޖުތަމުތަކުގައި ވާދަވެރިން ވެސް ކަންކުރާ ގޮތް." މިނިސްޓަރު ވިދާޅުވި އެވެ.
Nearly 25% of total Resort beds in the #Maldives was introduced during the #HamaHama4 four years of HEP @ibusolih administration. https://t.co/TnPFvoVe7T
— Abdulla Mausoom (@Mausoom_Maus) November 18, 2022
ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ފާއިތުވި އަހަރުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ ތެރޭގައި 33 ރިސޯޓް ހުޅުވަން ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް އިތުރުވި 9،497 އެނދެވެ. މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި މި އެނދުތަކުގެ ތެރެއިން ގާތްގަނޑަކަށް 25 ޕަސެންޓަކީ ސީދާ ރައީސް ސޯލިހުގެ ވެރިކަމުގައި އިތުރުވު އެނދުތަކެވެ.