Last Updated: June 24, 09:28
Wednesday, June 24, 2026
ޚަބަރު

ދެ ދަރިވަރަކާ ބެހުނު ޓީޗަރަކު ހައްޔަރުކޮށްފި

ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ރިޕޯޓް ލިބުނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން ވެސް ޓީޗަރުންތަކެއް ދަރިވަރުންތަކަކާ ބެހުނު މައްސަލަތަކެއް ފެންމަތިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެ ޓީޗަރަކާއި ރާއްޖޭގެ ޓީޗަރަކު ވެސް ހިމެނެ އެވެ. އެގޮތުން ހުޅުމާލޭގައި ޓިއުޝަނަށް ގެންގޮސް ފިރިހެން ދަރިވަރަކާ ބެހުނު މައްސަލައެއް ފެންމަތިވެ، ބަޔަކު އެ ޓީޗަރު ބަރަހަނާކޮށް އަނިޔާ ވެސް ކޮށްފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.