Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އެކްސްޕެރިމަންޓެއް "ގޮވައި" ދަރިވަރުން ޒަހަމްވެއްޖެ

އޮސްޓްރޭލިއާގެ ސިޑްނީގެ ޕްރައިމަރީ ސްކޫލެއްގެ ދަރިވަރުންތަކެއް ހެދި ސައިންސް އެކްޕެރިމަންޓެއް "ގޮވައި" ގިނަ ދަރިވަރުންތަކަކަށް މިއަދު އަނިޔާވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޭންލީ ވެސްޓް ޕަބްލިކް ސްކޫލްގައި ހިނގި ހާދިސާއާ ގުޅިގެން ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ ދަރިވަރަކު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުބާ ދެމުންނެވެ. އަދި އިތުރު ނުވަ ދަރިވަރަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. ހާދިސާ ހިނގި ސްކޫލް ސަރަހައްދުގައި އިތުރު ޕެރަމެޑިކް އެމްބިއުލާންސްތަކާއި ހެލިކޮޕްޓަރާއި ފަޔާ ޓްރަކް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެކްސްޕެރިމަންޓް "ގޮވައި" އަނިޔާވި ދަރިވަރުންގެ ތެރެގައި ހިމެނީ 10 އަަހަރާއި 11 އަޖަރުގެ ދަރިވަރުންނެވެ. އަދި ގިނަ ދަރިވަރުންތަކެއްގެ މޫނާއި މޭމައްޗާއި ބަނޑާއި ފައި ފަދަ ތަންތަން ފިހިފައިވެ އެވެ.

މީޑިއާތަކުން ބުނީ ސައިންސް އެކްސްޕެރިމަންޓް "ގޮވީ" ސޯޑިއަމް ބައިކާބަނޭޓާއި މެތިލޭޓެޑް ސްޕިރިޓް ބޭނުންކޮށްގެން އެކްސްޕެރިމަންޓް ހެދުގެ ތެރޭގައި ކެމިކަލްތަކެއް ކްލާސްތެރެއަށް ފެތުރިގެންނެވެ. ނަމަވެސް ދަރިވަރުން ހަދަން އުޅުނީ ސީދާ ކޮން ކަހަލަ އެކްސްޕެރިމަންޓެއް ކަމެއް އަދި ސާފުނުވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.