އައްޑޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ "ފްރީޑަމް" ޖަމިއްޔާ އޮފީހުގައި މިރޭ ބަޔަކު ރޯކޮށްލައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ، ނައިމީ ލޮޖްގައި ހިންގަމުން އަންނަ ފްރީޑަމް އޮފީހުގައި ރޯކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:00 ޖަހާކަށް ހާ އިރުއެވެ.
މިހާދިސާގައި އޮފީހުގެ ބައެއް ސާމާންގެ އިތުރުން އެތަނުގެ ސީލިންގް ވަނީ އަނދައިގެން ގޮސްފައެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ މީ ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލޭވޭ ކަމަށެވެ.
މި މައްސަަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްގީގު ކުރަމުން އަންނަ އިރު މީގެ ކުރިން މި އޮފީސް ފަޅާލައި ކޮމްޕިއުޓަރު ތަކެެއް ވަނީ ވަގަށް ގެންގޮސްފައެވެ.