Last Updated: June 29, 13:53
Monday, June 29, 2026
ކުޅިވަރު

ޗެލެންޖް ކަޕް ފެށެންދެން ކޮންމެ ދުވަހަކު އައްޑޫގައި ހަރަކާތެއް އޮންނާނެ

މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެެންޖް ކަޕް ފެށެން ދެން ކޮންމެ ދުވަހަކުވެސް ޗެލެންޖް ކަޕާއި ގުޅޭ ކޮންމެވެސް ހަރަކާތެއް އައްޑޫގައި ކުރިއަށްދާނެ ކަމަށް އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޓޯލްސް ފުޓްބޯލް އަހްމަދު މުޖްތަބާ (ފެސްކޯ) ވިދާޅުވެއްޖެއެވެ.

ފޯރިގަދަ ކުރުމުގެ ގޮތުން ޗެލެންޖް ކަޕްގެ ޓްރޮފީ އައްޑޫއަށް ގެނެސް މިއަދު ހަވީރު ބޭއްވި ވެހިކަލް ބުރައްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފެސްކޯ ވިދާޅުވީ މީ އައްޑޫގައި ޗެލެންޖް ކަޕް ފޯރި ނެގުމުގެ ފެށުން ކަމަށެވެ. އަދި މުބާރާތް ފެށެން ދެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ހަރަކާތެއް ކުރިއަށްދާނެކަމަށެވެ.
afc3

ފެސްކޯ ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު އެމްއެންޑީއެފް އާއި ގުޅިގެން ހުޅުމީދޫގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
afc13

މުބާރާތުގެ ޓްރޮފީ އާއި އެކު މިއަދު ބޭއްވި ވެހިކަލް ބުރު ފެށުނީ ފޭދޫ ބޯޅަ ދަނޑު "ދޮންދީނާ" މޮނިއުމެންޓް ހިސާބުންނެވެ. އަދި ބުރު ނިންމާލާފައިވަނީ ހިތަދޫ އީސީސީއަށެވެ.

އީސީސީ ސަރަހައްދުގައި ޓްރޮފީ އާއި އެކު އާއްމުން ފޮޓޯ ނެގުމަށް ވަނީ ފުރުސަތު ދީފައެވެ.
afc44

މިއަދުގެ ހަރަކާތުގައި އެންވައިރަމެންޓް މިނިސްޓަރ ޑރ. ޠޯރިގް އާއި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި ކައުންސިލްގެ އިތުރު މެމްބަރުންގެ އިތުރުން އައްޑޫގެ ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފައެވެ.