Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިންޑިއާގެ ބަނދަރު ޖަމިއްޔާއެއް ރާއްޖޭގައި

އިންޑިއާގެ ޓުޓިކޮރިންގެ "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން" ގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މި މަހުގެ 20-23 އަށް އެ ޖަމިއްޔާ އިން ރާއްޖެއަށް ކުރާ ދަތުރުގެ މައިގަނޑު ބޭނުމަކީ ޓުޓިކޮރިން ބަނދަރާއި ރާއްޖެއާ މެދު އޮތް ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފުޅާކުރުމަށް މަޝްވަރާކުރުމެވެ.

އެ ޓީމް ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ޒިޔާރާތްކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކޮށް، އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

އިންޑިއާގެ އެސޯސިއޭޝަން ޓީމް ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓަށް ވެސް ޒިޔާރަތްކުރަން ހަމަޖެހިފައިވެ އެވެ. އަދި އެ ސަރަހައްދުތަކުގެ ސިޓީ ކައުންސިލްތަކާއި ވިޔަފާރިވެރިންނާއި، މަދަނީ ޖަމިއްޔާ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކާ ވެސް ބައްދަލުކުރާނެ އެވެ.