މި މަހުގެ 10 ވަނަ ދުވަހުގެ ރޯވެ އެތައް ބަޔަކު މަރުވި ހާދިސާ އަށް ފަހު މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތްކުރީ ގެ ޕަބްލިކް ވޯކްސް ސާވިސަސް ޑިޕާޓްމަންޓުންނެވެ. ނިރުފެހި ގެއަކީ އިސްކަންދަރުމަގާއި ކޯރުކެޑި މަގު ގުޅޭ ހިސާބުގައި ހުރި ގެއެކެވެ.
އެ ގޭގައި ރޯވި ހާދިސާގައި 10 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ބިދޭސީންނެވެ. އޭގެ ތެރެއިން 8 މީހުންނަކީ އިންޑިއާ މީހުންނެވެ. އެއީ 3 އަންހެނުންނާއި 5 ފިރިހެނުންނެވެ. ދެން މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.
މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފި. މި މަސައްކަތް ކޮށްފައިވަނީ މި މނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުން. pic.twitter.com/lXQrapy0X8
— Min.of National Planning, Housing & Infrastructure (@MoNPHImv) November 21, 2022
އެ މީހުންގެ ހަށިތައް ވަނީ އާއިލާތަކުން އެދިގެން ގައުމުތަކަށް ފޮނުވައިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނިރުފެހި ރޯވި އިރު އެ ގޭގައި 26 މީހަކު ތިއްބެވެ. އަދި ސަލާމަތްކުރެވުނީ 14 މީހެކެވެ. އޭގެ ތެރެއިން ސީރިއަސް ޒަޚަމްތަކެއް ލިބުނު މީހަކަށް އައިޖީއެމްއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ނިރުފެހިގޭގައި ރޯވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަން އަންނަނީ ތަހުގީގުކުރަމުންނެވެ.
ސިފައިން ކުރިން ބުނެފައިވާ ގޮތުގައި ރޯވި ގެއަކީ ވަކިވަކިން ކެއްކުމަށް ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ބަހައްޓާފައި ހުރި ތަނެކެވެ.