Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީ ސަފްއަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ ސަފްއަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ސަފްއަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި މިމައްސަލަ ތަހުޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.