Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ގަލްފް ކޮބްލާގެ ބާޖެއް ގެއްލިގެން ހޯދަނީ

ސ. ގަމުގެ ވައިގެ ބަނދަރުގެ ރަންވޭ ދިގުކުރުމަށް ބިން ހިއްކި ގަލްފް ކޮބްލާގެ މަސައްކަތް ނިންމުމަށްފަހު ތަކެތި ހިފައިގެން ދިޔަ ބާޖެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޓަގެއްގައި ދެ ބާޖް ޖަހައިގެން ދަނިކޮށް ބާޖް ކަނޑައިގެން ގޮސް ގެއްލިފައިވަނީ ގދ.ގައްދޫގެ އިރުދެކުނުން 17 ނޯޓިކަލް މޭލުު ބޭރުގައި ވަނިކޮށް ކަމަށެވެ.

ބާޖް ކަފުޖަހައިގެން ދަތުރުކުރަމުންދިޔަ "މުތާ ރޯޔަލް" ޓަގުގެ ކެޕްޓަން ބުނީ 60 ފޫޓުގެ ކަޅުކުލައިގެ މިބާޖްގައި "ގޮލްފް ކޮބްލާ 425" ޖަހާފައި ވާނެކަމަށާއި، މި ބާޖުގައި 20 ފޫޓުގެ ދެ ކޮންޓެއިނަރ ހުންނާނެކަމަށެވެ.

މި މައުލޫމާތު ލިބުމާއި ގުޅިގެން އެންއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގަޑް ސްކްޑޮރަންއިން އިން ވަނީ ބާޖް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ސަދަން އޭރިއާގައި އޮންނަ ކުރަގި ހެލިކެޕްޓަރު ވެސް ދަނީ ބޭނުން ކުރަމުންވެ.

ގަލްފް ކޮބްލާއިން ބުނީ ގެއްލުނު ބާޖްގައި ހުރީ ގަމުގެ ވައިގެ ބަނދަރު ހިއްކުމަށް ބޭނުން ކުރި މެޝިނަރީޒް ކަމަށެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް އެންގެވުމަށާއި ފެކްސް އިން 3391665 މިނަމްބަރަށް އެންމެގެވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.