Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޑިސެމްބަރު 1 ގައި ހައިކޯޓު ރިސެސްއަށް

ހައިކޯޓު

ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ހައިކޯޓުން ބުނެފައިވަނި ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހައިކޯޓު ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.

ހައިކޯޓު ރިސެސްއަށް ދިޔަނަމަވެސް ބައެއް ބާވަތު މައްސަލަތައް ބެލުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ރިސެސްގެ މުއްދަތުގައި ބެލުމަށް ނިންމާފައިވާ މައްސަލަތަކަކީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާބާވަތުގެ މައްސަލައާއި، ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މައްސަލަތަކާއި އަދި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.