އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ފަށާފައިވާ އައްޑޫ ސާފު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމީދޫ ސާފު ކުރުމަށް ނިންމައިފިއެވެ.
ހުޅުމީދޫގެ ކައުންސިލަރ އަލީ މުހައްމަދު (އައްދު) ވިދާޅުވީ ހުޅުމީދޫ ސާފުކުރުން ކުރިއަށް ގެންދިއުމަށް ނިންމާފަިއވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
އައްދު ވިދާޅުވީ އޭއެފްސީ ޗެލެންޖްގައި ކުޅޭ ގްރޫޕް ބީގެ ޓީމް ތައް ހެރެތެރެ ރިސޯޓްގައި ތިބުމަށް ހަމަޖެހިފައިވާ އިރު ޕްރެކްޓިސް ކުރުމަށް ނިންމާފައިވަނީ ހުޅުދޫ އަދި މީދޫ ބޯޅަ ދަނޑުގައިކަމަށެވެ. އެހެންވެ ހުޅުމީދޫ ސާފު ކުރުން ވަރަށް މުހިއްމު ކަމަށެވެ.
ކައުންސިލުން ވަނީ އައްޑޫގެ މުވައްސަސާ ތަކާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އައްދު ވިދާޅުވީ ހުޅުމީދޫގެ ހަރަކާތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުވައްސަސާ ތަކާއި ގުޅިގެން ކަމަށެވެ.