Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް

ކްރިމިނަލް ކޯޓު --

ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުވެސް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ގާޟީންގެ އާންމު މަޖިލީހުން ނިންމާފައިވާކަމަށެވެ.

ރިސެސްގައި އޮތްނަމަވެސް ޖިނާއީ ބޮޑެތި މައްސަލަތަކާއި، ބަންދާ މެދު ގޮތް ނިންމުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާއިރު، ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހައިކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައެވެ.