Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހައި ސްކޫލް: ފުރަތަމަ ކާބަން ނިއުޓްރަލް ސްކޫލް

ހައި ސްކޫލްގައި ސޯލާ ޕެނަލް ހަރުކުރަނީ؛ ފޮޓޯ: ޔޫޝައު

އައްޑޫގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް "އައްޑޫ ހައި ސްކޫލް" ކާބަން ނިއުޓްރަލް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ރާއްޖޭގެ ފުރަތަމަ "އައި ކްލާސް" ހުރި ހައިސްކޫލް ކާބަން ނިއުޓްރަލް ކުރުމުގެ ގޮތުން ސްކޫލްގައި 2.8 ކިލޯ ވޮޓްގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވެށި" އިން ވަނީ ފަށާފައެވެ.
addu hiii

އޭލެވެލް ނިންމާ ކުދިން އިޔާދަ ކުރުވަނިވި ހަކަތައަށް އަހްލުވެރި ކުރުމުގެ ގޮތުން ފެށި މަޝްރޫއުގެ ދަށުން ހަރުކުރާ ސޯލާ ޕެނަލްތައް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ދަނި މަސައްކަތް ކުރަމުންނެވެ.

ސޯލާ ޕެނަލް ހަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައިވެރިއަކު ބުނީ މީ މިޝަރޫއުގެ ފެށުން ކަމަށާއި އިތުރު މަޝްރޫއު ތަކެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ ހައި ސްކޫލު ކާބަން ނިއުޓްރަލް ކުރާ އިރު ސްކޫލުން އަންނަނީ ތިމާވެށީގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.