މެދެ އާރި މަގާއި ލިންކް ރޯޑު ގުޅޭ ކަންމަތީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކަަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ކަސްޓަމްސްގައި ވަޒީފާ އަދާ ކުރަމުން އަންނަ ހިތަދޫ ޔަހްމާ، ޔަމަން ނަސީމް އެވެ.
ޔަމަންގެ ހަށިގަނޑުގެ އެކިތަން ތަން މަށައިގެން ގޮސްފައިވާ އިރު އިތުރު ސިރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން ކަންމަތީ އެކްސިޑެންޓް ހިނގި އިރު މި ސަރަހަައްދަކީ ފުލުހުން ޓްރެފިކް ބެލުމަށް ކެމެރާ ހަރުކޮށްފައިވާ ސަރަހައްދެކެވެ.
އައްޑޫގައި އެކްސިޑެންޓް ގިނަ ވުމާއި ގުޅިގެން މަގުގެ ހާލަތު ބެލުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޓީމެއް އައްޑޫއަށް މި ހަފްތާގައި އައުމަށް ވަނީ ހަމަޖެހިފައެވެ.
ނިމިގެން ދިޔަ އެޕްރީލް މަހު އައްޑޫގައި ހިނގި އެކްސިޑެންޓް ތަކުގައި 2 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ބަޔަކަސް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.
މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން އިތުރަށް ދަނީ ތަހްގީގު ކުރަމުންނެވެ.


