މ. އަތޮޅު ރަށެއްގެ ސްކޫލެއްގެ ބިދޭސީ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރާކަމުގެ ޝަކުވާ ލިބެމުން ދިއުމާ ގުޅިގެން އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރާ މައްސަލަ އެ މިނިސްޓްރީން ލިބުނީ އިއްޔެ ރޭ ކަމަށެވެ. އަދި އެކަން ސަމާލު ކަމަށް އައުމާ އެކީ ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުޅަހަޅައިފަ އެވެ. ނަމަވެސް ޓީޗަރުގެ ފަރާތުން ދަރިވަރުންނަށް ލިބެމުން އައީ ކޮން ކަހަލަ އަނިޔާތަކެއް ކަމާއި އެކަން ހިނގާތާ ކިހާ ދުވަހެއްޖެ ކަމެއް އެއްވެސް އިދާރާތަކުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ސަންސްޕެންޑްކުރި ޓީޗަރަކީ މ. މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒުގައި ފިޒިކްސް ކިޔަވައިދެމުން އައި އިންޑިއާ ޓީޗަރެކެވެ.
ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ.