Last Updated: June 7, 11:01
Sunday, June 7, 2026
މުނިފޫހިފިލުވުން

"އައި ކާންޓް މޭކް ޔޫ ލަވް މީ"

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ (ޕީސީ) އަނެއްކާ ވެސް އޭނާގެ އާ ލަވައެއް ނެރެފި އެވެ.

"އައި ކާންޓް މޭކް ޔޫ ލަވް މީ" ގެ ނަމުގައި ނެރެފައިވާ މި ލަވައަށް މިހާރު އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޕްރިޔަންކާ ވަނީ މީގެ ކުރިން އޭނާގެ "އިން މައި ސިޓީ" އާއި "އެގްޒޯޓިކް" ލަވަ އާންމުންނާ ހަމައަށް ގެނެސް ދީފަ އެވެ.

އިނގިރޭސި ލިރިކްސް ހިމެނޭ އަދި ޕްރިޔަންކާގެ އަޑުން ކިޔާފައިވާ ލަވަތަކުގެ ވީޑިއޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ.