އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެތަނުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.
މި ފަހުމުނާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ޢަލީ އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތަޛް އާދަމް ޝާމިލް. pic.twitter.com/6ncEDliyUY
— ACC-MALDIVES (@ACC_Maldives) November 24, 2022
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ތަރުބިއްޔަތާއި ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުން ކަމަށް އޭސީސީން ބުންޏެވެ.
ތަރުބިއްޔަތާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި.@MoEdumv pic.twitter.com/77D6Fb4lO4
— ACC-MALDIVES (@ACC_Maldives) November 24, 2022
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާއި، ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ވެސް ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
މީގެ އިތުރުން ކޮރަޕްޝަނާ މެދު އާންމުން ދެކޭ މެދު ގައުމީ ދިރާސާއެއް ހެދުމުގެ މަސައްކަތް ވިލާ ކޮލެޖާ ގުޅިގެން އޭސީސީން އަންނަނީ ކުރަމުންނެވެ.