Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

ދާރުލްއާސާރަށް ހިލޭ ވަދެވޭނީ ހަވީރު 6 އާ ހަމައަށް

ދާރުލްއާސާރުގައި ހުރި ތަކެތި ބަލާލުމަށް މީހުން އެތަނަށް ވަދެ— ފޮޓޯ: ހެރިޓޭޖް

ދާރުލްއާސާރުގައި ހުރި ތަކެތި ބަލާލުމަށް މިއަދު ހިލޭ ވަދެވޭގޮތަށް ހަމަޖައްސަައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަސް ހިލޭ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ގިނަ ބަޔަކު ދާރުލްއާސާރުގައި ހުރި ތަކެތި ބަލާލުމަށް ދަނީ ޒިޔާރާތްކުރަމުންނެވެ.

ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހަފްތާ ބަންދުނޫން ކޮންމެ ދުވަހަކުވެސް އޮންނައިރު ދާރުލްއާސާރަށް ވަދެވެނީ އެކަމަށް ހާއްސަ ޓިކެޓެއް ނަގައިގެންނެވެ. އެގޮތުން ބޮޑެތި މީހުންގެ ޓިކެޓް 25 ރުފިޔާއަށް ވިއްކާއިރު ކުޑަކުދިންގެ ޓިކެޓް 20 ރުފިޔާއަށް އަދި ސްކޫލް ދަރިވަރުންނަށް 15 ރުފިޔާއަށް ޓިކެޓް ދޫކުރެއެވެ.