Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިދީފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ބީޗް ކްލަބަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ރޭ ރިޕޯޓްކުރުމާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދަށް މިއަދު ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބޮމެއް އޮތްކަމަށްބުނެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކުރިއިރު، މިފަހުން ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިވަނީ ނުރައްކާތެރި ބޮމުގެ ހަމަލާއެއްދޭން އުޅުނު ބަޔަކު ހައްޔަރުކޮށް، ބޮން ހެދުމަށް ބޭނުންކުރިތަކުތި އަތުލާފައެވެ.