Last Updated: June 29, 13:53
Monday, June 29, 2026
ރިޕޯޓް

އީސީސީ ހުސްކުރާ އިރު ސެކިއުރިޓީ ކޮބާ؟

އީސީސީގެ ޓްރާންސްފޯމަރުގެ ވަށައިގެން ޖަހާފައިވާ ދަނގަޑު ހޮޅި ފެންސް ނަގައި ހުސްކޮށްފައި

ކޮންވެންޝަން ސެންޓަރު "ބަލަހައްޓަނީ" ހައުސިން މިނިސްޓްރީންނެވެ. "ސެކިއުރިޓީ" ބަލަހައްޓަނީ ރާއްޖޭގެ ދިފާއީ ބާރުންނެވެ. 24 ގަޑި އިރު އެތަނުގެ ފޯރި މަރާއިރު ތަނުގެ ސެކިއުރިޓީ ބެލެހެެއްޓޭ ހެއްޔެވެ؟

އީސީސީން ބައެއް ތަކެތި މަދުވަމުންދާ ކަން ވަނީ ފާހަނގަ ވެފައެވެ. އެތަނުން ތަކެތި މަދުވާ އިރު އެމްއެންޑީއެފް އިން އެކަމާއި އަޅާ ނުލުމަކީ މައްސަލައެކެވެ.

އީސީސީގެ ޓްރާންސްފޯމަރުގެ ވަށައިގެން ޖަހާފައިވާ ދަނގަޑު ހޮޅި ފެންސް ނަގައި ހުސްކޮށްފައި
އީސީސީގެ ޓްރާންސްފޯމަރުގެ ވަށައިގެން ޖަހާފައިވާ ދަނގަޑު ހޮޅި ފެންސް ނަގައި ހުސްކޮށްފައި

ފާއިތުވި ހަފްތާގައި އީސީސީ ސަރަހައްދުގައި އާދަޔާ ހިލާފަށް ކުދި ފަނިތަކެއް ގިނަވަމުން ދިޔުމުގެ ހަބަރި ލިބިގެން އެތަން ބަލަން ދިޔައީމެވެ. އީސީސީގެ ބޭރުގައި ސައިކަލް ބަހައްޓާފައި އެތެރެއަށް ޖެހިލި އިރު ދެ ސިފައިންގެ ބޭކަލުން އެތަނުގެ ބޭރުގައި ހަދާފައިވާ ޓެންޓްގައި ފޯނާއި ކުޅެން ތިއްބެވެ.

އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް
އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް

ތަނުގެ ވަށައިގެން ބޯ ޖަންގަލީ ހެދި ، މުޅި ތަން އޮތީ ބޮލަށް ވެއްޓެން ކައިރިވެފައެވެ. އެކަމަކު އެއީ ސެކިއުރިޓީންނާއި ބެހޭ ކަމެއް ނޫންތާއެވެ.

ހަވީރު ގަޑި ކަމުން ގިނަ ބަޔަކު އެތަނުގެ ބޭރުގައި ފޮޓޯ ނެގުމާއި ތަން ބެލުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ސިފައިންގެ ބޭކަލުން ވެސް "ޑިއުޓީ"ގައި ތިބީއެވެ.

އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް
އީސީސީ ސެކިއުރިޓީ ކުރާ ސިފައިން ތިބޭ ތަނުގެ އޭސީ އައުޓް ޔުނިޓް

އީސީސީ އިމާރާތް ބޮޑުކަމުން ތަން ހެދި އިރު ވަނީ އެކަމަށް ވަރަށް ސަމާލުކަން ދީފައެވެ. ތަނުގެ ސެކިއުރިޓީއަށް ވަކި ތަނެއް ވަނީ ހަދާފައެވެ. މުޅި ތަނުގެ ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށް. ސަރަހައްދު ފުރިހަމައަށް ބެލެހެެއްޓޭނެ ފަދަ ގޮތަކަށެވެ. ނަމަވެސް މިހާރު އޭގެ ކެމެރާއެއް މަސައްކަތެއް ނުކުރެއެވެ. ސީސީޓީވީ ކެމެރާ ނިޒާމް ވަނީ ހަލާކުވެފައެވެ.

އީސީސީގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ
އީސީސީގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ

އެތަނުގައި މިހާރު ހުންނަނީ މެނުއަލް ސިސްޓަމެކެވެ. ސިފައިން ބޭރުގައި ތިބެގެން ޑިއުޓީ ކުރާ ގޮތަށެވެ. އެމީހުން ޑިއުޓީ ކުރަނީ މިގޮތަށެވެ. ތިބެނީ ޑިއުޓީއަކު ދެ ސިފައިންގެ މީހުންނެވެ. އަބަދުވެސް އެކަކު އުޅެނީ ބޭރަށް ގޮސްފައެވެ. ޑިއުޓީގައި ގިނަ ވަގުތު ހުންނަނީ އެންމެ ސިފައިންގެ މީހެކެވެ. އެމީހާވެސް ހަމަ އެތާ ހުންނަނީ އެވެ. އެތަނުގެ ތެރެއަށް ސައިކަލުން ވަދެގެން އެއް ދޮރުން ވަދެ އަނެއް ދޮރުން ނިކުމެގެން ދާއިރު އަގައިން ވެސް ބުނެ ނުލައެވެ.
aec6

އިރު އޮއްސުމާއި އެކު ޑިއުޓީގައި ހުންނަ ސިފައިންގެ މީހާ އެތެރަށް ބަދަލުވެއެވެ. އެހާ ހިސާބުން ބޭރުގައި ހިނގަނީ ކޮން ކަމެއް ކަން އެމީހުން ނުބަލައެވެ. އޭގެ އެއް މިސާލަކީ ކޮންވެންޝަން ސެންޓަރުގެ ބޭރުގައި ދަނގަޑު ހޮޅި ޖަހައިގެން ހަދާފައިވާ ފެންސެއް ވަގަށް ނަގައި ހުސްކޮށްފައިވުމެވެ.

އެތަނުގައި ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު ޕިކަޕެއް ފަދަ ވެހިކަލެއް ވައްދައިގެން އެ ދަނގަޑު ހޮޅިތައް ވަނީ ގެން ގޮސްފައެވެ.

އެމްއެންޑީއެފްގެ ސެކިއުރިޓީ ބެލުމުގެ ދަށުގައި ހުރި ތަނަކުން ތަކެތި މަދުވާއިރު އެކަން ބަލަން ޖެހެއެވެ. އީސީސީ އަކީ އައްޑޫގެ ރައްޔިތުންގެ ފޮނި އުއްމީދެކެވެ. އެތަން ލޫޓުވިގެން ނުވާނެއެވެ.
aec10

ސިފައިން އީސީސީގައި ތިބެ އެތަނުގެ އެތައް ކަމެއް ބޮއްސުންލާ އިރު އެކަމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެމީހުންގެ ވާޖިބަކީ ސެކިއުރިޓީ ކުރުން ކަމަށްވާ އިރު ދެން ހުރި ކަން ކަމަކީ އެމީހުންގެ ޒިއްމާއެއް ނޫނެވެ.

އެކަމަކު އީސީސީގެ ހުރިހާ ބާރެއް "ކޮންމެވެސް" ގޮތަށް އެމްއެންޑީއެފްއަށް އޮވެއެވެ. ތަން މަރާމާތު ކުރާކަށް ނުޖެހެވެ. އެކަން ބަލާކަށްވެސް ނުޖެހެއެވެ. އެކަމަކު ތަން ބޭނުން ކުރެވޭނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެންނެވެ. އެތަނުގެ ސާމާންތައް އެމްއެންޑީއެފް ބޭނުން ތާކަށް ބޭނުން އިރަކު ގެންދެވެއެވެ.

އީސީސީގައި ބޭނުން ކުރި ބައެއް ސާމާން
އީސީސީގައި ބޭނުން ކުރި ބައެއް ސާމާން

އެހެންވެ ފަހަރުގައި ހޮޅިތައް އެމްއެންޑީއެފްގެ ބޭނުމަކަށް ކޮންމެވެސް ތާކަށް ގެންދިޔައީ ކަން ނޭގެއެވެ. ނޫނީ އެތަކެތި ވަގަށް ނަގައި ހުސް ކުރީ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ ސެކިއުރިޓީ ކޮބާހެއްޔެވެ؟