Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.