Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ބޮޑުކުރި ޓެކްހަށް ވިޔަފާރިތަކުން ތައްޔާރުވާން އެދިއްޖެ

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރި ރޭޓުން ނަގަން ފަށާތީ ޓެކްސް ދައްކާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް މޯލްޑިވްސް އިންލަންށް ރެވިއުނިއު އޮތޯރީޓީ މީރާ) އިން އެދިއްޖެ އެވެ.

ޖެނުއަރީ 1 އިން ފެށިގެން ޖީއެސްޓީ އަށް ނަގާނީ 6 ޕަސެންޓްގެ ބަދަލުގައި 8 ޕަސެންޓެވެ. އަދި ޓީޖީއެސްޓީން ނަގާނީ 12 ޕަސެންޓްގެ ބަދަލުގައި ނަގާނީ 16 ޕަސެންޓެވެ. ޓެކްސް ބޮޑުކުރަން ނިންމައި، މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 22 ގަ އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ، މީރާ އިން ބުނީ ޓެކްހަށް ގެނައި ބަދަލުތަކާ އެކީ 24 ގަޑިއިރު ހިދުމަތް ދޭން ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ބޮޑުކުރި ރޭޓުގައި ޓެކުސް ނަގަން ފަށާނީ ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން ކަމަށެވެ. އަދި

ސައުވީސް ގަޑިއިރު ހިދުމަތް ދޭ ތަންތަނުން ޓީޖީއެސްޓީ 16 ޕަސެންޓް އަދި ޖީއެސްޓީ 8 ޕަސަންޓަށް ނަގަން ފަށާނީ ނަގަން ފަށާނީ ޖެނުއަރީ 1 ގައި އެ ތަންތަނުގެ ހިދުމަތް ދޭން ފަށާ ވަގުތުން ފެށިގެން ކަމަށް ވެސް މީރާ އިން ބުންޏެވެ.

އެތަނުން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓަށް ގެނައި ބަދަލުތައް ތަންފީޒުކުރުމަށްޓަކައި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި، މުދަލާއި ހިދުމަތުގެ އަގުގައި އާ ޓެކުހުގެ ރޭޓުތައް ހިމަނައިގެން އަގު ޖަހަން އިލްތިމާސް ވެސް ކުރާ ކަމަށެވެ.