Last Updated: February 4, 06:45
Saturday, February 4, 2023
ޚަބަރު

އިމާމުންނަށް ސަރުކާރުން ކުރަނީ ދުއްޕާން: ޝުޖާއު

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު މަތިކުރަން ކަމަށް ބުނެ މި ސަރުކާރުން ފެށި ހިލޭ ޑިގްރީ ކޯހަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ޝުޖާއު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު މަތިކުރަންކަމަށް ބުނެ ހިންގަން ފެށި "ހިލޭ ޑިގްރީ" ކޯހަށް ސަރުކާރުން ފައިސާ ނުދައްކައިގެން ކޯހުގެ ބައިވެރިންނަށް ވަނީ އިންސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައި ކަމަށެވެ. އަދި .ރަށުގެ އަމިއްލަ ގޭގައި ލެޕްޓޮޕަކާ ފޯނެއް އޮތިއްޔާ ކޯސް ފުރިހަމަ ކުރެވޭނޭ ބުނެ އިމާމުންނަށް ދޮގު ހަދާފައިިވާ ކަމަށް ވިދާޅުވި އެވެ.

"އެންމެ ފަހުން އިމާމުންނަށް މިޖެއްސީ މުސާރަ ނުލިބޭ ގޮތަށް މާލެ އައިސް ކޯސް ފުރިހަމަ ކުރަން. މާލޭގައި ތިބޭ ދުވަސްތަކަށް ހިނގާ ހަރަދު ވެސް މި ޖެހުނީ އިމާމުން އަމިއްލަ އަށް ކުރަން،" ޝުޖާއު ވިދާޅުވި އެވެ. މާލެ އަންނަ ދުވަސްތަކަށް މުސާރަވެސް ނުހިނގާ ގޮތް ވަނީ ހަދާފައި."

އޭނާ ވިދާޅުވީ މި ސަރުކާތުގެ "ހިލޭ ޑިގުރީ" ޕްރޮގްރާމް މިހާރު މިއޮތީ "ހިލޭ ބަލާވެރި ކަމަކަށް" ބަދަލުވެފައި ކަމަށެވެ.

"އަދިވެސް މިއަށް ކިޔަންވީ ހެޔޮވެރިކަންތޯ؟ ނޫނީ ބަލާވެރިކަންތޯ؟" ޝުޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމާމުންނަށް މި ސަރުކާރުން ކުރާ ދުއްޕާނަށް ނިމުން ގެނެސް ދެއްވާނީ އަންނަ އަހަރު ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.