ހދ. ކުމުންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިިންމާލައިފިއެވެ.
އެ މަސައްކަތްކުރި އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫއުގެ ދަށުން، ޒޯން 1 ގައި ޤާއިމުކުރެވުނު ފެރީ ހަޓެކެވެ.
ފެރީ ހަޓްގައި ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާރސަލް ޓޮއިލެޓެއް ޤާއިމުކޮށްފައިވެއެވެ.
އާރްޓީއެލް ފެރީ ނިޒާމުން ރާއްޖެ ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްރަށުގައި އަންނަނީ މިފަދަ ފެރީ ހެޓްތައް ގާއިމު ކުރަމުންނެވެ.