Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ބަޖެޓް ގާނޫނާ ހިލާފަށް ހުށަހެޅި ކަމަށް ބުނެ ސުޕްރީމް ކޯޓަށް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފި އެވެ.

މި މައްސަލަަ ސުޕްރީމް ކޯޓަށް ހުށަައެޅީ ގާނޫނީ ވަކީލު އައްސަދު ޝަރީފާއި ގާނޫނީ ވަކީލް އިބްރާހިމް ރަމީޒެެވެ.

ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓް ހުށައަޅާފައިވަނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ އާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށެެވެ. މިއީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށާއި މިއީ ނުރައްކާތެރި ކަމެއް ކަމަށް އައްސަދު ވިދާޅުވި އެވެ.

އައްސަދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި 2023ގެ ބަޖެޓް ފާސްކުރަން ހުށައެޅިއިރު 2023ގައި ޚަރަދުކޮށްފައި ހުރި ކަންތައްތަކެއް މީގެ ތެރެއަށް ވައްދައިގެން ދަށްދަށުން ފާސްކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެކަމަކަށް ކަނޑައެޅިފައި އޮންނަ ބަޖެޓެއްގެ ތެރެއިން މެނުވީ ހަރަދު ކުރުން ގާނޫނު މަނާކުރޭ." އައްސަދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓަށް އެހުން މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.