Last Updated: March 28, 19:01
Thursday, March 28, 2024
މުނިފޫހިފިލުވުން

"ޖަލަކް ދިކްލާ ޖާ 10" ކާމިޔާބުކުރީ ގުންޖަން

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންތަކެއް ވާދަކުރި ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން އޭގައި ވާފަދަކުރި އެންމެ ޅަ ބައިވެރިޔާ ގުންޖަން ސިންހާ ކާމިޔާބުކޮށްފި އެވެ.

ރޭ ގެނެސްދިން ފިނާލޯ އެޕިސޯޑްގައި 8 އަހަރުގެ ގުންޖަން ޝޯގެ ޓްރޮފީ އުފުލާލި އިރު، އޭނަ ޝޯގައި ވާދަކުރީ ކޮރިއޮގްރާފަރު ސާގަރުގެ ބޯރާގެ ބެލެނިވެރިކަމުގެ ދަށުންނެވެ. ގުންޖަން ފާހަގަކުރެވީ ހުރިހާ ވައްތަރެއްގެ ނެޑުންތަކަކަށް ވެސް ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގަ އެވެ.

އޭނަ "ޖަލަކް ދިކްލާޖާ 10" ގައި ވާދަކުރި އިރު، މިދިޔަ ކަލާޒް އިން ގެނެސްދިން "ޑާންސް ދީވާނޭ" ސީޒަން ތިނެއްގައި ވާދަކޮށް ދެވަނަ ހޯދާފައިވެ އެވެ. އެ ޝޯއިން ވިދާލި ގުންޖަން ވަނީ އޭނަގެ ވަރަށް ހާއްސަ ސިގްނޭޗާ ޑާންސް ސްޓެޕެއް ވެސް ދައްކުވައި ދީގެން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.

"ޖަލަކް ދިކްލާ ޖާ 10" ގައި ވާދަކުރި ސެލެބްރިޓީންހެ ތެރޭގައި މަޝްހޫރު އެތައް ޓީވީ ތަރިންނެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރުބީނާ ދިލައިކް، ގަޝްމީރް މަހާޖާނީ، ނިއާ ޝަރުމާ، ސްރިތީ ޖާ، ފައިސަލް ޝައިހް އަދި ނިޝާންތު ބަޓް ފަދަ ފަންނާނުން ހިމެނެ އެވެ.

ޝޯގެ ދެވަނަ އަކީ ރުބީނާ އެވެ. ތިން ވަނަ އަކީ ފައިސޫ އެވެ.

މަނީޝް ޕޯލް ހޯސްޓްކުރި ޝޯގެ ޖަޖުންނަކީ ކަރަން ޖޯހަރާއި މަދޫރީ ޑިކްސިޓްގެ އިތުރުން ނޯރާ ފަތުހީ އެވެ.