Last Updated: April 16, 19:25
Tuesday, April 16, 2024
ޚަބަރު

ގިނަ އަަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި އޭނާގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

އެގޮތުން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މި މަހު 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.