Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ގަމަށް ފްލައި ދުބާއީ ފަށަން ކަނެކްޝަން ދޭނީ މޯލްޑިވިއަނުން

ފްލައި ދުބާއީ ދަތުރުތަކާއި ގުޅޭ ގޮތުން މޯލްޑީވިއަން އާއިއެކު ބޭއްވުނު ބައްދަލުވުން / ފޮޓޯ: ފިރާޤް

ފްލައި ދުބާއީ ދަތުރުތަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ހާމަކޮށްފިއެވެ.

މޯލްޑިވިއަން އާއި މިކަމުގެ މަޝްވަރާތައްވެސް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، ފްލައި ދުބާއީ ދަތުރުތަށް އަންނަ އަހަރު ފެބްރުއަރީ މަހު 4 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއެކު މި ދަތުރުތަށް ފެށުމުން ކޫއްޑޫއަށް ފްލައިޓު ޖައްސާތާ ދެ ގަޑިއިރު ތެރޭ ކަނެކްޝަން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ ގަމުން ކޫއްޑޫއަށް ކުރާ ދަތުރު ނަގާނީ 40 މިނެޓު ކަމަށެވެ.

މިއާއެކު ހުވަދޫ އަތޮޅުގެ ރިސޯޓުތަކާއި އެކުވެސް މޯލްޑިވިއަންއިން މަޝްވަރާތައް ފަށާފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި މިކަން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ޖެނިފަރ އައްޑޫލައިވްއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފްލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް ފަށާއިރު، މިއީ ގިނަ މަންޒިލްތަކާއި އައްޑޫއާއި ގުޅުވާލެވޭނެ ދަތުރުތަކެއް ކަމަށް އޭސް އެވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓް މުހައްމަދު ފިރާޤް ވިދާޅުވެއެވެ.

މިވަގުތު ބައިނަލްއަޤްވާމީ ދަތުރު ގަމަށް ކުރަނީ ސްރީލަންކަން އެއަރލައިންސް އިން އެކަނިއެވެ.