Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ފޭދޫގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ފޭދޫ ބޮޑުމަގުގައި މިއަދު ހިނގި އެކްސިޑެބްޓް. ފޮޓޯ: ކިއުންތެރިއެއް

ފޭދޫގައި މިއަދު މެންދުރު ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ސައިކަލް ދުއްވި މީހާއަށާއި ވެހިކަލަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

ފޭދޫ ސްކޫލާއި ކުރިމަތިން ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އިބްރާހިމް ޝަފީއު، ކީރަތްމާގެއެވެ. އޭނާ ވަނީ ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އެކްސްރޭ ނެގުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި ސައިކަލް ކާރުގައި ޖެހި ސައިކަލް ދުއްވި މީހާ ވިއްސައިގެން ބިންމަތީގައި ޖެހުނު ކަމަށެވެ. އަދި އޭނާއަށް ހިނގުމަށް އުނދަގޫވިކަމަށެވެ.

މިހާދިސާގައި ކާރުގެ ކުރީ ބަފަރު ނައްޓައިގެން ގޮސް އޮތީ ސައިކަލް މަތީގައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހްގީގު ކުރަމުން އަންނަ އިރު މީގެ ދެ ދުވަސް ކުރިން ހިތަދޫ ޕޮލިސް ކައިރިން ހިނގި އެކްސިޑެންޓްގައި ޒުވާން އަންހެން ކުއްޖަކަށް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ.