Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވަޑާން ކުރާ ފަރާތްތަކަށް އެސްޓީއޯ އިން މުބާރާތެއް

އެސްޓީއޯ މަކީޓާ ޕަވަރ ޓޫލްސް މުބާރާތް ---

މަކިޓާ ޕަވަރ ޓޫލްސް ބޭނުންކޮށްގެން އެއްޗެއް ފަރުމާކޮށް ބައިލައްކަ ރުފިޔާގެ މަކިޓާ ޕަވާ ޓޫލްސް ވައުޗަރެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ތައާރަފްކޮށްފިއެވެ.

އެސްޓީއޯއިން ފަށާފައިވާ 'މަކިޓާ ހެއްޔާ' ޕްރޮމޯޝަނާއި ގުޅުވައިގެން ބާއްވާ މި މުބާރާތުގެ މަޤްޞަދަކީ ވަޑާމުގެ މަސައްކަތް ކުރަމުންދާ ދިވެހިންނަށް ވާދެވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު ދިނުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުމަށް ބޭނުންވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މިމުބާރާތުގައި ފަރުމާ ކުރާ ތަކެތި ފަރުމާ ކުރަން ޖެހެނީ މަކިޓީ ޕަވަރ ޓޫލްސް ބޭނުންކޮށްގެންނެވެ. އަދި ފަރުމާ ކުރާ އައިޓަމަކާއި އެކު އެ ތައްޔާރު ކުރާ މަންޒަރު ފެންނަ 1 މިނެޓުގެ ވިޑިއޯއެއް ހުށަހަޅަންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތަށް ފަރުމާ ކުރާ އެއްޗެއްގައި ކުޑަވެގެން 2 ފޫޓާއި 4 ފޫޓު ހުންނަން ޖެހޭއިރު، ބޮޑުވެން ހުންނަންވާނީ 4 ފޫޓާއި 5 ދެމެދު ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މުބާރާތަށް ބުދު ފަދަ އިސްލާމީ އަޤީދާއާއި ޙިލާފު އެއްޗެއް ހުށަނޭޅޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން މިމުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 50،000ރ. ގެ މަކިޓާ ޕަވާ ޓޫލްސް ލިބޭނެ ވައުޗަރެކެވެ. ދެވަނައަށް ދާ ފަރާތަކަށް 30،000ރ. ގެ މަކިޓާ ޕަވަރ ޓޫލްސް ވައުޗަރެއް ލިބޭއިރު، 3 ވަނައަށް ދާ ފަރާތަކަށް 15،000ރ. ގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބޭނެއެވެ.

މިމުބާރާތުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން މިއަންނަ ޑިސެމްބަރު މަހުގެ 10ގެ ކުރިން ފޯމު ހުށަހެޅުމަށް އެސްޓީއޯއިން އެދެއެވެ. މި ފޯމް އެސްޓީއޯގެ މަކިޓާ ޝޯވްރޫމް އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ މަކިޓާ ހެއްޔާ ޕްރޮމޯޝަނަކީ މި ނޮވެމްބަރު މަހު އެސްޓީއޯއިން ހިންގާ ޕްރޮމޯޝަނަކެވެ. މި ޕްރޮމޯޝަނުގެ ތެރެއިން މަކިޓާ ބްރޭންޑުގެ ސާމާނުން 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ.