Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

ޕެލޭ އެޑްމިޓްކޮށްފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

ޕެލޭގެ ދަރިފުޅު ކޭލީ ނަސިމެންޓޯ ބުނީ ޕެލޭ ހޮސްޕިޓަލަށް ގެންދިޔައީ އެމަޖެންސީއެއް ދިމާވެގެން ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާދައިގެ މަތިން ވެސް ދޭންޖެހޭ ބޭސްތައްދީ ޓެސްޓު ފަދަ ކަންކަން ކުރުމަށް ކަމަށެވެ.

ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރި އެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

މިހާރު އުމުރުން 82 އަހަރުގެ ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.