Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އީސީސީ ސާފު ކުރުން ފޯރީގައި ކުރިއަށް

އީސީސީ ސާފު ކުރުމުގެ މަސައްކަތުގައި ފޯރިއާއި އެކު ހަރަކާތްތެރިވަނީ ފޮޓޯ: ޔަސްރިފް

ހިތަދޫ ކޮންވެންޝަން ސެންޓަރު އީސީސީ ސާފު ކުރުމުގެ މަސައްކަތް ފޯރިއާއި އެކު ކުރިއަށް އެބަދެއެވެ.

އައްޑޫ ސިޓީ ކައުންސިލާއި، ރައްޔިތުން އަދި ފުލުހުހާއި އެމްއެންޑީއެފްގެ ބައިވެރިވުމާއި އެކު ކުރިއަށްދާ ސާފު ކުރުމުގެ މަސައްކަތް ފެށުނީ މިއަދު ހެނދުނުއެވެ.

އެގޮތުން އީސީސީގެ އެތެރެއާއި އެސަރަހައްދުގެ ބޭރު ސާފު ކުރަން ވަނީ ނިންމާފައެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރެ ވީރާނާ ވަމުންދާ ކޮންވެންޝަން ސެންޓަރު ސާފު ކުރުމަށް ކައުންސިލާއި ރައްޔިތުން ނިންމީ އެއިމާރާތަކީ އައްޑޫގެ ތަރައްޤީއަށް މުހިއްމު ބިނާއަކަށް ވެފައި މިކަމުގައި ހައުސިން މިނިސްޓްރީ އާއި ތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ އެމްއެންޑީއެފް އިން އިހްމާލުވެފައިވާތީއެވެ.

އަދި މިމަހުގެ 19 ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫއަށް ގިނަ ބަޔަކު ޒިޔާރަތް ކުރާއިރު އީސީސީ އަކީ އެތަނަކަށް ގިނަ ބަޔަކު ޒިޔާރަތް ކުރާނެތަނަކަށްވާތީއެވެ.

މިއަދުގެ ސާފު ކުރުމުގައި ހުޅުމީދޫ ސާފުކުރާގޮތަށް ނިންމި ނަމަވެސް އެމްއެންޑީއެފްގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް އެރަށުގައި އިންތިޒާމް ކުރުމާއި ގުޅިގެން ސާފު ކުރުމުގެ ހަރަކާތް ވަނީ ކެންސަލް ކޮށްފައެވެ.