Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެޗްޑީސީގެ ސްމާޓްކޮމް ފެއާ މާދަމާ އޮންނާނެ

ކުރިން މިދިޔަ ނިންމަން ބާއްވަން ނިންމައި ފަހުން މޫސުން ގޯސްވެގެން ފަސްކުރި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ބްރޭންޑް، ސްމާޓްކޮމް އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ފެއާ ކުރިއަށް ދާނީ މާދަމާ ހަވީރު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މި ފެއާގައި ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެ ނޫން ވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރާނެ ގޮތާ ބެހޭ މައުލޫމާތު ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް ފޯރުކޮށް ދޭނެ އެވެ.

އެޗްޑީސީން ވަނީ ފެއާ އަށް އާއް ޒިޔާރަތް ކުރާ މީހުންނަށް އިނާމު ވެސް ލިބޭ ލަކީޑްރޯތަކެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗް، 300ޖީބީގެ އިންޓަނެޓާ އެކީ ލިބޭ އެއާ ފައިބަ ރައުޓަރެއް އަދި 1،000 ރުފިޔާގެ އަގު ވައުޗާތައް ހިމެނެ އެވެ.

ސްމާޓްކޮމް ފެއާގައި އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރްއޯއެލް ފަދަ ކުންފުނިތަކުން ބައިވެރިވެ އެވެ. މީގެ އިތުރުން ފަހިޕޭ، ފަސޭހަ ރީޗާޖް، އަދި ޖޮބްސިކަލް ފަދަ ރާއްޖޭގެ މޮބައިލް އެޕްލިކޭޝަންތައް ވެސް ފެއާގައި ބައިވެރިވެ އެވެ.

ހަމަމިއާ އެކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީއޯއެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިން، ލިންކް ސާވް ފަދަ ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ.