Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ހައިކޯޓު ފަނޑިޔާރުކަމަށް 5 ބޭފުޅުން ކުރިމަތިލައްވައިފި

ހައިކޯޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފަސް ބޭފުޅުން ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ ޒީނަތު ޢަލީ / ދަފްތަރު. ނަންބަރު 2616 މާލެ، މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ، މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ، ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް އަދި ފައްޔާޟު ޝާޠިރު / ހަސަންކާރިގެ، ސ.މީދޫ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36,000.00 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15,000.00 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބެއެވެ.