Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އަންހެން ބޮޑުވަޒީރުން ނޫސްވެރިންނަށް ރައްދު

ޖަސިންޑާ އާޑެން (ކ) އަދި ސަނާ މާރިން.

އަންހެން ލިޑަރުންގެ ގޮތުގައި ގައުމުތައް ހިންގެވުމުވެ ޒިންމާ ނަންގަވަމުން ގެންދަވާ ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އާއި ފިންލޭންޑް ބޮޑުވަޒީރު ސަނާ މާރިން ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ނޫސްވެރިން ކުރި ބައެއް ސުވާލުތަކާ ހިތްޕުޅާ ނުވެގެން ރައްދު ދެއްވައިފި އެެވެ.

ފިންލޭންޑްގެ ބޮޑުވަޒީރު ކަމަށް 2019 ގައި ވަޑައިގެންނެވި 37 އަހަރުގެ ސަނާ، މަގާމާ ހަވާލުވެވަޑައިތް ފަހުން ނިއު ޒީލޭންޑް ކުރައްވާ ފުރަތަމަ ދަތުރުގައި މިހާތު ހުންނެވީ އެ ގައުމުގަ އެވެ. ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ކަމަށް ޖަސިންޑާ، 42، ވަޑައިގެންނެވީ 2017 ގަ އެވެ.

މި ދެ ބޭފުޅުން އިއްޔެ ރަސްމީކޮށް ބައްދަކުރައްވައި އޮކްލޯންޑްގައި ނޫން ކޮންފަރެންސެއް ބޭއްވި އެވެ. އެ ނޫސް ކޮންފަރެންސްގައި ބައެއް ނޫސްވެރިން ވަނީ މި ދެ ބޭފުޅުންގެ އުމުރާއި އަދި ދެ ބޭފުޅުން ބައްދަކުކުރެއްވީ އަންހެން ބޭފުޅުންނަށްވާތީތޯ ސުވާލުކޮށްފަ އެވެ.

އެފަދަ ބައެއް ސުވާލުތަކާ ހިތްޕުޅާ ނުވެގެން ޖަސިންޑާ ވިދާޅުވީ އެ ބޭފުޅުންނަކީ ފިރިހެން ބޭފުޅުން ނަމަ ނޫސްވެރިން އެފަދަ ސުވާލުތަކެއް ކުރައްވާނެތޯ އައްސަވައިފަ އެވެ.

"ހިތަށް އަރާ މިސާލަކަށް އެއް އުމުރެއްގެ ބަރަކް އޮމާބާ [އެމެރިކާގެ ކުރީގެ ރައީސެއް] އާއި ޖޯން ކީ [ނިއު ޒީލެންޑްގެ ކުރޫފެ ބޮޑުވަޒީރެއް] ބައްދަލުކުރެއްވީމަ އެއީ ކީއްވެގެން ކުރައްވާ ބައްދަލުވުމެއްތޯ ނޫސްވެރިން ސުވާލު ކުރެއްވާނެކަމާ ދޭތެރޭ،" އޭނާ ވިދާޅުވި އެވެ. "ގަބޫލުކުރަން ސިޔާސީ ދާއިރާގައި ފިރިހެނުންގެ ނުޒޫފު ގަދަކަން. ހަގީގަތަކީ ވެސް އެއީ. އެކަމަކު އަންހެން ދެ ލީޑަރަކު ބައްދަލުކުރެއްވީމަ އެކަން ދެ އަންހެނުންގެ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރުން ރަނގަޅެއް ނޫން."

ޖަސިންޑާ ވިދާޅުވީ އާއި އޭނަ ސަނާގެ ބައްދަލުވުމަކީ ލީޑަރުންގެ ހައިސިއްޔަތުން ސިޔާސީ ގޮތުން ކުރައްވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެއީ ދެ ބޮޑުވަޒީރެއްގެ ބައްދަލުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފިންލޭންގެ ވިޔަފާރިވެރިންގެ ވަފުދަކާ އެކީ ނިއު ޒީލެންޑަށް ކުރައްވާ ދަތުރު ސަނާ ނިންމަވައިލައްވާނީ އަންނަ ހަފުތާގެ ކުރީކޮޅު އެވެ.