ބޮލީވުޑްގެ ތަރި ސަލްމާން ޚާނަކީ އަންހެނުންނަށް އަނިޔާކުރުމުގައި އަރާހުރި ގޮތެއްފޮތެއް ނެތް "އޫރެއް" ގެ ގޮތުގައި އޭނައާ ކުރިން ރައްޓެވި ބަތަލާ ސޯމީ އަލީ ބުނެފި އެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ ޕާކިސްތާނަށް އުފަން 46 އަހަރުގެ ބަތަލާ ސަލްމާނާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓްގްރާމް ޕޯސްޓެއްގައި ބުނީ ސަލްމާންގެ ފަރާތުން ލިބުނު އަނިޔާތަކާ އެކީ ގިނަ ދުވަސްތަކެއް ވަންދެން އުޅެން ޖެހުނު ކަމަށެވެ. އެގޮތުން އޭނަގެ ފަރާތުން ޖިސްމާނީ އެތައް އަނިތާއެއް ލިބި، ގައިގައި ސިނގިރެޓް ޖެއްސުން ފަދަ އެތައް ވޭނަކާ ކުރިމަތިލާން ޖެހުނު ކަމަށް ސޯމީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި ސަލްމާން ވަނީ އޭނަގެ މަސައްކަތްތައް ހުއްޓުވައި، ދައުވާތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ ޖެހިލުން ނުވާ ކަމަށާއި އަމިއްލަ ދިފާއުގައި 50 ވަކީލުންގެ ޓީމެއް އޮތް ކަމަށް ވެސް ސޯމީ ބުންޏެވެ.
އޭނަގެ ޕޯސްޓްގައި ވަނީ ސަލްމާނަށް ވާގިދޭ ދެ ޖިންސްގެ ފަންނާނުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ސޯމީ މިހާރު ޑިލީޓްކޮށްލާފައިވާ ޕޯސްޓްގައި ބޮލީވުޑްގެ ބައެއް ފަންނާނުން ޓެގް ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، ސުޝްމިތާ ސެން، ޕޫޖާ ބަޓް، މަހޭޝް ބަޓް، ނީނާ ގުޕްތާ އަދި ފިލްމު ކްރިޓިކް ތަރަން އަދާޝް އާއި ލިޔުންތެރިޔާ ޝޯބާ ޑޭ ވެސް ހިމެނެ އެވެ.
View this post on Instagram
ސަލްމާނާ ބެހޭ ގޮތުން ސޯމި އަކީ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ މީހެކެވެ. ކުރިން ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ސޯނީ ދުވަސްތަކެއް ވަންދެން ސަލްމާން ރައްޓެހިވެގެން އުޅުނެވެ. އަދި އެ ގުޅުން ނިމުމަކަށް އައީ އަނިޔާތަކާ ހެދި އެވެ. "އާއޯ ޕިޔާރު ކަރޯ" އާއި "ކިޝަން އަވްތާރު" އާއި "އަންތު" އަދި "ޔާރު ގައްދާރު" ފަދަ ފިލްމުތައް ކުޅުނު ސޯމީ އަކީ މިހާރު ގެވެށިއަނިޔާތަކާ ދެކޮޅަށް "ނޯ މީ ޓިއާސް" ގެ ނަމުގައި އެންޖީއެއް ހިންގަމުން އަންނަ މީހެކެވެ.
ބަތަލާ އައިޝްވާރިއާ ރާއީ ވެސް ސަލްމާނާ ރުޅިވި ސޯމީ އަށް ތަޖުރިބާކުރަން ޖެހުނު ކަހަލަ ކަންތައްތަކާ ހެދި އެވެ.