Last Updated: May 12, 12:08
Monday, May 12, 2025
ކުޅިވަރު

ވޮލްކޮޓް އާސެނަލްގައި މަޑު ކުރަނީ

އާސެނަލް އަށް ކުޅޭ އިނގިރޭސި ފޯވަޑް ތިއޯ ވޮލްކޮޓް އާސެނަލް އާއި އެކު އާ އެއްބަސްވުމެއް ގައި ސޮއި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން އޭނާ ވަނީ އާސެނަލް އިން އޭނާ އަށް ހުށެހެޅި ހަފްތާއަކު 75،000 ޕައުންޑްގެ ކޮންޓްރެކްޓަށް ނޫނެކޭ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބޭނުން ވަނީ ހަފްތާއަކު 100،000 ޕައުންޑެވެ. ވޮލްކޮޓް ވަނީ މި ސީޒަން ގައި 14 ގޯލް ޖަހާފަ އެވެ. ވޮލްކޮޓް އަކީ މި ސީޒަންގައި އާސެނަލް އަށް އެންމެ ގިނަ ލަނޑު ޖަހައި ދީފައިވާ ކުޅުންތެރިޔާ އެވެ.

ކޮންމެއަކަސް ވެންގާ ދަނީ ވޮލްކޮޓް އާއި ވާހަކަތައް ކުރިއަަށް ގެންދަމުންނެވެ. އަދި ވޮލްކޮޓް އާސެނަލްގައި މަޑު ކުރުމަށް އެއްބަސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެން ސިޓީ އަދި މެން ޔުނައިޓެޑުން ވަނީ ވޮލްކޮޓް އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މޮޅެތި ކުޅުންތެރިން އާސެނަލް ދޫކޮށްލަމުން ދާ ދުވަސްވަރެއްގައި މި ހަބަރު ވެގެން ދާނީ އާސެނަލްގެ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ.