ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ބެލުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް ޖޭއެސްސީން އިއްޔަ ނިންމާފައިވާކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ޖޭއެސްސީން ހާމަކޮށްފައިނުވެއެވެ.