Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ބްރޫސް ލީގެ ބައޯޕިކަށް ތައްޔާރު ވަނީ

ކުރީގެ މަޝްހޫރު މާޝަލް އާޓްސް ލެޖެންޑް ބުރޫސްގެ ބައޮގްރަފިކަލް ޑްރާމާ އަށް ތައްޔާރުވާން ފަށައިފި އެވެ.

ވެރައިޓީން ބުނީ ސޮނީގެ 3000 ޕިކްޗާސްއާ ގުޅިގެން މި ފިލްމު ހަދަނީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ލައިފް އޮފް ޕައި" އާއި "ބްރޯކްބެކް މައުންޓެއިން" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު އެންގް ލީ ކަމަށެވެ. ބްރޫސްގެ ރޯލަށް ނަގާފައި ވަނީ ޑައިރެކްޓަރުގެ ދަރިފުޅު މޭސަން ލީ، 32، އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބިލީ ލީންސް ލޯންގް ހާފްޓައިމް ވޯކް"، " ދަ ހޭންގްއޯވާ ޕާޓް 2"، "ސްޓޭންޑް ބާއި މީ" އަދި "ހޫލް ކިލްޑް ކޮބް ރޮބިން" ހިމެނެ އެވެ.

ބްރޫސް ލީގެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ފޮކްސްކެޗާ" އާއި "ކެޕޯޓް" ފަދަ އުފެއްދުންތަކުގެ ސްކްރީން ރައިޓަރު ޑޭން ފަޓަމަން އެވެ.

 

View this post on Instagram

 

A post shared by Bruce Lee (@brucelee)

ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މާޝަލް އާޓްސްގެ ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަކޮށްލެވުނޫ ބުރޫސް ލީ އެންމެ 33 އަހަރުގައި މަރުވީ 1973 ގަ އެވެ. އޭރު އޭނަ އަކީ ހޮލީވުޑްގައި އެކްޓަރެއްގެ ގޮތުގައި ޑައިރެކްޓަރެއްގެ އިތުރުން މާޝަލް އާޓްސްގެ އެކްސްޕާޓެކެވެ. ބްރޫސް ލީގެ ފިލްމުތަކުގެ ތެރޭގައި "ފަސްޓް އޮފް ފިއުރީ"، "އެންޓާ ދަ ޑްރެގަން" އަދި "ދަ ވޭ އޮފް ދަ ޑްރެގަން" ހިމެނެ އެވެ.