އަމާޒަކީ ހުޅުމާލެ ސްމާޓް ސިޓީއަކަށް ހަދައި ޒާމާނުއްސުރެ ހުރި ޝަކުވާތަކަށް ހައްލެއް ހޯދައި ދިނުން ކަމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ، މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެޗްޑީސީ ސްމާޓްކޮމް ފެއަރ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިފެއަރ ހުޅުވައި ދެއްވީ، ދިރާގުގެ މޭނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ އިސްމާޢިލް ރަޝީދު އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ.
Just kicked off the SmartCom Fair 2022. Thank you MD & CEO of Dhiraagu, Mr. Ismail Rasheed.
Drop by to checkout the cool apps available on the market now and talk to those platform owners for more details only at SmartCom Fair!@Dhiraagu @SmartCommv pic.twitter.com/fKnrJ4O879
— HDC (@hdcmaldives) December 2, 2022
އެޗްޑީސީގެ ފަރާތުން މިރޭ 10:00 އާއި ހަމައަށް ކުރިއަށް ގެންދާ މި ފެއަރ އަކީ އެޗްޑީސީގެ ސްމާޓް ސިޓީގެ ބްރޭންޑް ސްމާޓްކޮމްގެ ދަށުން ކުރިއަށް ގެންދާ ފެއަރއެކެވެ. ފެއަރގައި މައިގަނޑު އަމާޒަކީ ޑިޖިޓަލް ޒަމާނީ ވަސީލަތްތަކާއި ޕްލެޓްފޯމްތައް އާންމުންނަށް ދައްކާލައި އެ ޕްލެޓްފޯމް ތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
ފެއަރ ހުޅުވުމުގެ ރަސްމީއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، އިންފްރާސްޓަރަކްޗަރ ޑިވެލޮޕްމެންޓަށް ކެޕިޓަލް އިންވެސްޓް އެކަނި ކޮށްގެން ނުފުދޭ ކަމަށެވެ. އެގޮތުން އެޗްޑީސީން ކުރަމުންދާ ކަމަކީ ބޭނުންކުރާ ފަރާތްތައް އަހުލުވެރިކޮށް މުޅި ޖުމްލަކޮށް މުޖްތަމަޢު ބައިވެރިކުރުން ކަމަށް ވިދާޅުވިއެވެ.
Our Chief Guest the CEO and Managing Director of @Dhiraagu and our Managing Director Ahmed Athif along with our CCO visited the stalls of the SmartCom Fair and enquired about the services on display by our participants. #smartcomfair #enablingconnectedcommunities #myhulhumalè pic.twitter.com/an5xGB0Jrh
— HDC (@hdcmaldives) December 2, 2022
"ކޮމިއުނިޓީއަކީ މީގެ އެންމެ މުހިންމު އެއް ކޮމްޕޯނެންޓް. ވަކިން ހާއްސަކޮށް މީހުން އަހުވެރި ކުރުމާއި ބިނާކުރުމަށް މީހުން މި އުފައްދާ އެޕްލިކޭޝަންސް ބޭނުން ނުކުރާ ކަމަށްވާނަމަ، އަޅުގަނޑުމެން ކިތަންމެ ގިނަ ޢަމަލީ މަސައްކަތަކެއް ކުރިއަސް އޭގެ ފައިދާ އެއް ނުފެންނާނެ" އެޗްޑީސީ އެމްޑީ އާތިފް ވިދާޅުވިއެވެ. " އެހެންވީމަ މިއީ ހުޅުމާލޭގައި ބާއްވާ މިފަދަ ފުރަތަމަ ފެއަރ. ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ފުރިހަމަކޮށް މިފެއަރތައް އަޅުގަނޑުމެންގެ ޕާޓްނަރުންނާއި އެކު ކުރިއަށް ގެންދެވޭނެ."
#SmartComFair partners gave presentations and provided information at their stalls about the services they provide and about smart city solutions.
Useful information on pressing issues such as cyber safety were given with the aim of improving the digital literacy of the public. pic.twitter.com/6HUStUvT2v— HDC (@hdcmaldives) December 2, 2022
އެޗްޑީސީން ވަނީ ފެއާ އަށް ޒިޔާރަތް ކުރާ މީހުންނަށް އިނާމު ވެސް ލިބޭ ލަކީޑްރޯތަކެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗް، 300ޖީބީގެ އިންޓަނެޓާ އެކީ ލިބޭ އެއާ ފައިބަ އެއަރ ފައިބަރ ރައުޓަރެއް 50މ ފައިބަރ އިންޓަނެޓް ހަ މަސް ދުވަހަށް އަދި 1،000 ރުފިޔާގެ އަގު ވައުޗާތަކާއި ސްމާޓް ވޮޗްވެސް ހިމެނެއެވެ. މި ލަކީ ޑްރޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފެއަރ އަށް ޒިޔާރަތްކޮށް ރެޖިސްޓްރީވާން ޖެހެއެވެ.
މިއީ ޑިޖިޓަލް ޙިދުމަތްތަކަށް ހާއްސަކޮށް އެޗްޑީސީން ބާއްވާ މިފަދަ ފުރަތަމަ ފެއަރއެވެ. މި ފެއަރގައި ޖުމްލަ 27 ފަރާތެއްގެ ސްޓޯލް ހިމެނެއެވެ. މީގެ އިތުރުން ފެއަރގެ ބައިވެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްލެޓްފޯމް ތަކާއި ބެހޭ މައުލޫމާތުވެސް ފެއަރގެ ތެރޭގައި ދެމުންދާނެއެވެ.